މިނިސްޓަރ ޙައިދަރު އަށްވެސް މަޖިލީހުން ރުހުން ނުލިބުން

ޚަބަރު ފަހުގެ

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ރުހުން ނެތް ކަމަށް ފާސްކޮށްފިއެވެ.

ޙައިދަރަ ރުހުން ނުދޭން މަޖިލިހުން ފާސްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހައިދަރަށް ރުހުން ދޭން ފެނުނީ 24 މެމްބަރުންނަށެވެ. ވަޒީރަކަށް ރުހުން ލިބެނީ މަޖިލީހުގެ 35 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ނެގުނު ވޯޓް ގައި 3 ވަޒީރުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ. އެއީ ޙައިދަރާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ