ރައީސް އަޒުލު ކުރެވޭނީ އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި

ފަހުގެ ސިޔާސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން މަޖިލީހަށް މައްސަލަ ހުށަހަޅަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މިހާރު ވަނީ ސޮއި ހަމަކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ރައީސް އަޒުލުކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަންޖެހޭނީ. އެކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،” ސަލީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން މަޖިލީހަށް ހުށަހެޅިޔަސް އެ ފުރުސަތު ނުދޭނެ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ރައީސް ޢަޒުލުކުރުމަށް އެމްޑީޕީން ސޮއި ހަމަކުރި އިރު، މަޖިލީހުގެ އާންމު ކޮމިޓީން އޮތީ ރައީސާއި ނައިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ އަށް އާންމު ކޮމިޓީން ގެނެސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ އަޣުލަބިއްޔަތު ގުނާ ގޮތަށް ބަދަލު އަންނާނެ އެވެ. އެހެންވެ މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންކަމުން މަޖިލީހުގެ މިހާރުގެ މެންބަރުގެ ޖުމްލަ ޢަދަދަކަށް ބަލާނީ 80 އެވެ. އަދި ރައީސާއި ނައިބު އަޒުލުކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

ރައީސް އަޒުލުކުރަން ގަރާރު މަޖިލީހަށް ހުށަހަޅާތާ ދެ ދުވަސްތެރޭގައި އެ ބޭފުޅުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން ދެ ހަފުތާ ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޤަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ