ރައީސް ނަޝީދުގެ ދިރިއުޅުން ގާނާ އަށް ބަދަލުކޮށްފި

ޚަބަރު ފަހުގެ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލުކޮށްފި އެވެ.

ނަޝީދު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވައިފަ އެވެ.

ގާނާއަށް ދިރިއުޅުން ބަދަލުކުރިކަން ހާމަކުރައްވާ އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އެ ގައުމުގެ ވެރިރަށް އަކްރާއަށް ވަޑައިގެންނެވީ ސީވީއެފްގެ ފުރަތަމަ ޗެއާމާނުގެ ރަސްމީ ޒިންމާތައް އަދާކުރެއްވުމަށް ކަމަށެވެ.

“ގާނާ އިން ދަނީ ސީވީއެފްގެ އިދާރާ ހޯސްޓް ކުރައްވަމުން، މި ގައުމުގެ ވެގެންދާނީ ކުރިއަށް އޮތް މަދު އަހަރުތަކުގައި އަޅުގަނޑުގެ މަންޒިލަށް” ނަޝީދު ވިދާޅުވި އެވެ.

ސީވީއެފްގެ ޒިންމާތައް އަދާކުރެއްވުމަށް އެމަނިކުފާނު ދެން ދިރިއުޅުއްވަމުން ގެންދަވާނީ ގާނާގަ އެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް – ސީވީއެފަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖެ އާއި އެ މަނިކުފާނު އިސް ރޯލެއް އަދާކޮށްގެނެވެ. ބައިނަލްއަގުވާމީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ