ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއިކޮޓްކޮށްފި

ފަހުގެ ސިޔާސީ

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާ އިދިކޮޅު އެމްޑީޕީން ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމަކަށްފަހު އެވެ. ނަމަވެސް މި ނިންމުން ނިންމި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވަނީ އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ރިޔާސީ ބަޔާނުގައި، އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެ އެވެ.

މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވީ މި ރިޔާސީ ބަޔާނަކީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް ބަޔާނަށް ވެގެންދާނެ ކަމަށެވެ. މި ރިޔާސީ ބަޔާނުގައި ދިވެހި ރައްޔިތުންނާއި ގައުމަށް ވަރަށް އުއްމީދީ ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރައްވައި އެކަންކަން ހާމަކުރައްވާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: