ހަނިމާދޫ ޕޮލިސް ސްޓޭޝަން އާއި މެރެޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ހަނިމާދޫގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޕޮލިސް ސްޓޭޝަން އާއި މެރެޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ހދ.ހަނިމާދޫގައި ނިޔަމިކަމުގެ ސަނަދު 2 ގެ ކޯހެއް މިއަދު ފަށައިފިއެވެ.

ޖުމުލަ 28 ބައިވެރިން ބައިވެރި ވެފައިވާ މިކޯހުގައި ހަނިމާދޫ ފިޔަވައި 3 ރަށަކުން ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިކޯހުގައި ކިޔަވައިދެއްވަނީ ނިޔަމިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނާއި އަދި ތަޖުރިބާ ހޯއްދަވާފައިވާ މެރެޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް ބޭފުޅުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޯހުގައި އުނގަންނައި ދެވޭ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނޭ ކަމަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވައެވެ.

އަދި މިފަދަ ކޯހެއް ހަނިމާދޫގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގެ ތެރޭގައި ރަށުގަ ތިބި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށް ފަސޭހައިން ލައިސެންސް ނެގޭނެ ގޮތް ފަހިކޮށްދިނުމާއި ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ކޯސް ހެދޭނެ މަގުފަހި ކޮށްދިނުން ކަމުގައި އެފަރާތުން ބުންޏެވެ.

މިކޯސް ކުރިއަށް ގެންދިއުމުގައި ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ހަނިމާދޫ ކައުންސިލުން ދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ކައުންސިލަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މިކޯސް ކުރިއަށް ގެންދަނީ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ކުލާސް ރޫމްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ