ފަރުކޮޅުފުށި ސަރަޙައްދުގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ ފަރުކޮޅުފުށި ސަރަޙައްދުގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވުމުން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރުން ހަދާފައިވާ ގުދަނެއްގެ ތެރޭގައި ހުރި ހާޑްވެއަރ ސާމާނުތަކެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.