އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢު ފައްޓަވާދެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންކުރުމުގެ މަސައްކަތް ނިންމުމަށްފަހު އެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އަދި މި މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާއިއެކު ކަމަށްވެސް އާރްޑީސީން މަޢުލޫމާތުދެއެވެ. އަދި މަގު ހަދާއިރު، މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އާރުޑީސީން ބުންޏެވެ. މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢު އާރުޑީސީއަށް ޙަވާލުކޮށްފައިވަނީ 102 މިލިޔަން ރުފިޔާއަށެވެ. އަމާޒަކީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް 6 މަސް ދުވަހުތެރޭ ނިންމާލުން ކަމަށް އާރްޑީސީން ހާމަކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ