މުއްދަތު ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރަން 300 އަށް ވުރެ ގިނަ ފޯމު!

ފަހުގެ ސިޔާސީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 300 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އީސީން ބުނީ މުއްދަތު ހަމަވިއިރު، ކޮމިޝަނަށް ލިބުނު ފޯމުތަކުގެ އަދަދު 381 އަށް އަރާކަމަށެވެ. ކޮމިޝަނުން ބުނީ މިހާރު ކުރިޔަށް ދަނީ، ފޯމުތައް ބަލައި ވެރިފައި ކުރުމުގެ މަސައްކަތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯމުތަކުގެ ސައްހަކަން ބެލުމަށް ފަހު، ކެންޑިޑޭޓުންނަށް ވީހާވެސް އަވަހަށް އެކަން އަންގާނެކަމަށް އީސީން ބުންޏެވެ.

މިއަދަށް ފޯމު ހުށަހެޅުން ހަމަވިއިރު، ބައެއް ފަރާތްތަކުން ވަނީ ވަގުތު އިތުރު ކުރުމަށް އެދިފަ އެވެ. އެއީ މަޖިލިސް އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި ވަނީ އިންތިހާބަށް ކަނޑައެޅި ޕްރޮސެސްތަކާއި ގުޅުން ހުރި އެއްވެސް ތާރީހެއް އަދި ވަގުތަކަށް ބަދަލު ނުގެނައުމަށެވެ.

މަޖިލީހުގެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން ގާނޫނީ ގޮތުން ތަރީހާއި ގުޅޭގޮތުން ނިންމަން ޖެހޭ، ނިންމުންތައް މަޝްވަރާގެ މަތީން ކުރިޔަށް ގެންދާނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ