އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް

ޚަބަރު ފަހުގެ

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް ރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާ ކުރަން އިންޑިއާ އިން ވަނީ ނިންމައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކޮށްފައިވެއެވެ.

ފިޔާ އެކްސްޕޯޓުކުރުން ދޭތެރެ ދޭތެރެއިން މެދުކަނޑާލާފައި އެބަހުއްޓެވެ. އެކަމަކު، އެ ދުވަސްވަރުގައި ވެސް ހާއްސަ ހުއްދައެއްގެ ދަށުން ފިޔާ އެކްސްޕޯޓްކޮށްފައިވެއެވެ.

ނަމަވެސް އެންމެ ފަހުން އެކުލަވާލި ލިސްޓުގައި ރާއްޖެ ނަމެއް ނެތެވެ. އެކަމަކު، އިންޑިއާގެ ސަރުކާރުގައި އެދުމުން އިތުރު ގައުމުތަކަށް ވެސް ހުއްދަ ދޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަހްރެއިން އަދި މޮރިޝަސްއަށް ފިޔާ އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން މިހާރުވަނީ ވަނީ ފެހި ސިގްނަލް ދީފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ