ޑައިވިންގް އަށް ދިޔަ ބަޔަކު އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފި

ޚަބަރު ފަހުގެ

ޑައިވިންގް އަށް ދިޔަ ބަޔަކު އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާއި ދިމާލުން ކަނޑުމަތިން ޑައިވަރެއް ދުރުން ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އެތަނުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް ވެސް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މެރިން ޕޮލިސްގެ ލޯންޗް އެމީހުން ގދ. ގައްދޫއަށް ގެންގޮސް، އެމީހުން ޑައިވިންގް އަށް ދިޔަ ސަފާރީގެ ދޯންޏާއި މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ