ރޯދައަށް ޚާއްސަކޮށް ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގުހެޔޮ ކޮށްފި

ޚަބަރު ފަހުގެ

ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގުހެޔޮ ކޮށްފިއެވެ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގުހެޔޮ ކޮށްފައިވަނީ ރޯދައަށް ޚާއްސަކޮށްގެ ތައާރަފްކުރި ޕްރޮމޯޝަންއެއްގައެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން އެ އެއަރލައިންއިން ދަތުރުކުރާ ޑޮމެސްޓިކް 8 ޑެސްޓިނޭޝަންގެ ދަތުރުތަކުގެ އަގު ހެޔޮކޮށްފައިވާ ކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވިއަން ބުނެފައިވަނީ، އެކުންފުނީގެ ޓިކެޓިން އޮފީސްތަކާއި ވެބްސައިޓު މެދުވެރިކޮށްވެސް މި ފެއާގެ ދަށުން ޓިކެޓް ބުކްކޮށްލެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ދަތުރު ކުރެވޭ ޑޮމެސްޓިކް 8 އެއާޕޯޓަކީ:

* ސ. ގަމަށް އެއްކޮޅު ޓިކެޓު – 1،222ރ.
* ފުވައްމުލައް އެއްކޮޅު ޓިކެޓު – 1،155ރ.
* ގދ. ކާޑެއްދޫ އެއްކޮޅު ޓިކެޓު – 1،333ރ.
* ގއ. ކޫއްޑޫ އެއްކޮޅު ޓިކެޓު – 1،111 ރ.
* ލ. ކައްދޫ އެއްކޮޅު ޓިކެޓު – 1،055ރ.
* ނ. މާފަރު އެއްކޮޅު ޓިކެޓު – 999ރ
* ރ. އިފުރު އެއްކޮޅު ޓިކެޓު – 999ރ.
* ހދ. ހަނިމާދުއަށް އެއްކޮޅު ޓިކެޓު – 1،111ރ.

މޯލްޑިވިއަންއިން ދަނީ އެ އެއަރލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މޯލްޑިވިއަން މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ. އަދި މޯލްޑިވިއަންވަނީ އަންނަމަހު ކޮލޮމްބޯ ދަތުރުތައް ފެށުމަށް ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: