އިތުރު 11 ފީއެއް ނެގުމަށް ބާ ކައުންސިލުން ނިންމައިފި

ޚަބަރު ފަހުގެ

ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިތުރު 11 ފީއެއް ނެގުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

އާމްދަނީ އިތުރުކުރަން ފީތަކެއް ނެގުމާމެދު ބާ ކައުންސިލުން ވަނީ މި މަހުގެ 22 ވަނަ ދުވަހު ޚިޔާލަށް ހުޅުވާލާފައެވެ. އާންމުގެ ޚިޔާލު ހޯދުމަށްފަހު ވަކީލުންގެ އަތުން ނަގަން ނިންމާފައިވާ ފީތައް އެކަންސިލުން ވަނީ އިއުލާނު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ސުޕްރީމް ކޯޓުގެ ހުއްދައަށް އެދޭއިރުއާއި، ފަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމާއި އާ ކުރުމުގެ އިތުރުން ލޯ ފާމް ރަޖިސްޓްރީ ކުރުމަށް އަދި އަހަރީ ފީގެ ގޮތުގައި 2،000 ރުފިޔާ ނެގުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ކައުންސިލުން ވަނީ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާއިރު 5،000 ރުފިޔާ، ހައި ކޯޓުގެ ހުއްދައަށް އެދޭއިރު 1،500 ރުފިޔާ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑަށް އެދޭއިރުއާ، ކާޑު އާ ކުރާއިރު 500 ރުފިޔާ ނެގުމަށް ނިންމާފައިވެއެވެ.

އޭގެ އިތުރުން ލީގަލް ޕްރެކްޓިސް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމާއި ކޮންމެ އަހަރަކު ނަގާ އަހަރީ ފީއާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން އެ ހެއްދުމަށާއި ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޓް ކުރުމަށް އެދޭ އިރު އަދި ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިންގެ ޚިދުމަތަށް އެދޭ އިރު 1،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ކައުންސިލުން ބުނީ އެ ފީތައް ނެގުމަށް ޚިޔާލަށް ހުޅުވާލާފައިވަނީ ދައުލަތުގެ ބަޖެޓުން ބާ ކައުންސިލަށް ލިބޭ ބަޖެޓުން އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ނުކުރެވޭތީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ