ވޯޓާ ދިމާވާތީ ސްކޫލްތަކުގެ އިމްތިހާނު އަވަސް ކޮށްފި

ޚަބަރު ފަހުގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާވާތީ، ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނެގުން އަވަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލު އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެެވެ. އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފައެވެ.

އަދި ބުނީ އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަންވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ މި މަހުގެ 17ގައި މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި ބަދަލާ އެކު ރޯދަ މަހު އިންތިހާބު ނުބޭއްވޭގޮތަށް ގާނޫނުގައި ކަނޑައެޅުމުން މިހާރު މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ 21 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ