އީސީ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކޮށްފި

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަނުކުރައްވައިފިއެވެ.

އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކުރައްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. ޒަކަރިއްޔާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

އިޝްތިހާރު
އިޝްތިހާރު

ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވިއިރު ހުންނެވީ އީސީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުގައެވެ.

އީސީގެ މެންބަރުކަން ހުސްވީ އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

އީސީގެ ރައީސްގެ މަގާމުގައި ހުންނެވީ ފުއާދު ތައުފީގެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އަލީ ނަޝާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ