ހަނިމާދޫއިން 37 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސިއްހީ މަރުކަޒުން އެންމެފަހުން ހާމަކުރިގޮތުގައި އަލަށް ޕޮޒިޓިވްވީ 09 ފަރާތެކެވެ. އަދި 08 ފަރާތެއް ރަނގަޅުވެފައިވެއެވެ.

މުޅިޖުމުލަ 37 ފަރާތެއް ބަލިޖެހިފައި ތިބިއިރު 119 ފަރާތެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އަދި 30 ގެއެެއް ކަރަންޓީނުގައި ވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖެނުވަރީ 16 ވަނަދުވަހު ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ހަނިމާދޫން މިހާތަނަށް މުޅިޖުމުލަ 282 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު ޖުމުލަ 245 ފަރާތެއް ވަނީ ރަނގަޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ