ހަނިމާދޫ ސިއްހީމަރުކަޒުން ގައިނީގެ ޚިދުމަތް ފަށަނީ

ހަނިމާދޫ ފަހުގެ

ގައިނީ ޑޮކްޓަރަކު ގެނެސް ޚިދުމަތްފަށަން ހަނިމާދޫ ސިއްހީމަރުކަޒުން ތައްޔާރުވެއްޖެއެވެ.

އެގޮތުން މިއަދު މެންދުރު ވަނީ އެ މަރުކަޒަށް ގައިނީ ޑޮކްޓަރ އަމްރު އެލްޝަހަތު މެޓުވަލީ ޒާފަން ވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޚިދުމަތާއި ގުޅޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސާވިސަސް އަހުމަދު ޝަމީމް ވިދާޅުވީ ގައިނީގެ ޚިދުމަތަކީ ހަނިމާދޫ ސިއްހީމަރުކަޒު ގައި މުޅިން އަލަށް ފެށޭ ޚިދުމަތެއްކަމަށާއި މި ޚިދުމަތަކީ ދާއިމީ ޚިދުމަތެއް ކަމަށެވެ.

“ޚިދުމަތް ފަށާނެ ދުވަހާއި ގަޑިތައް ވަރަށް އަވަހަށް އިއުލާން ކުރާނަން” ޝަމީމް

މިވަގުތު ސްކޭން މެޝިނެއް ނެތް ނަމަވެސް ވަރަށް އަވަހަށް ސްކޭން މެޝިނެއްވެސް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި ދާދި އަވަހަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ވެސް ލިބި ހަނިމާދޫ ސިއްހީ މަރުކަޒުން ދާއިމީގޮތެއްގަ އެ ޚިދުމަތް ލިބޭނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: