ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއަށް

ޚަބަރު ފަހުގެ

ތިން ރަށެއްގައި އައު ހޮސްޕިޓަލްތައް އަޅަން ހެލްތް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ”އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ތިން ރަށަކީ މ. މުލި، ރ އަލިފުށީގެ އިތުރުން ނ. މަނަދޫ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީގެ ޕޯސްޓުގައި ބުނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނ މަނަދޫ އަދި މުލީގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ރ އަލިފުށީގައި އަޅަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުއާ ގުޅޭ އިތުުރު މައުލޫމާތެއް މިނިސްޓްރީން ނުވަތަ އެމްޓީސީސީން ހިއްސާއެއް ނުކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ