ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެެއްގައި ރޮކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަަށް މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައިވަނީ ކުޅުދުއްފުށި ދެކުނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދު ޖަގަހައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ