ދިވެހި ބަހުން ރެފަރެންސް ފޮތްތައް ލިޔުމަށް 4 ފަރާތަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ދިވެހިބަހުން ހިންގާ މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމަށް އިތުރު 4 ފަރާތަކާ ހަވާލުކޮށްފި އެވެ.

ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާލުކޮށްފައިވަނީ ޑރ. ހައްވާ ނީނާ ޢަލީއަށާއި އިބްރާހީމް އާދަމްއަށާއި ހަމީޒާ އާދަމް އަދި އަޙުމަދު ހާޝިމްއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި 4 ފަރާތާ މިއަދު ރެފަރެންސް ފޮތް ލިޔުމަށް ހަވާލުކުރި އިރު، އިތުރު 8 ބޭފުޅަކަށް މީގެކުރިންވެސް މި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް “މޯލްޑިވްސް ލޭމްޕް” ގެ ދަށުން ކުރާ މި މަސައްކަތަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގެ ފެންވަރު އިތުރަށް ޙަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް “މޯލްޑިވްސް ލޭމްޕް” އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ