އެއާޕޯޓުގައި މާރާމާރީ ހިންގައިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި މާރާމާރީ ހިންގައިގެން މިއަދު ހައްޔަރުކުރި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ، މާރާމާރީ ހިންގުމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މިއަދު ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ މާރާމާރީ ހިނގައި ދިޔައީ ބިދޭސީ މީހާ ފުރަން ގޮސް ހުރި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގަ އެވެ. ބިދޭސީ މީހާ ހަމަލާ ދީފައި ވަނީ އެއާލައިންއެއްގެ ދެ މުވައްޒަފަކަށެވެ.

އެއާލައިންގެ މުވައްޒަފުންނަށް ބިދޭސީ މީހާ ހަމަލާ ދިނީ، ބެގޭޖް ފީ ދެއްކުމަށް ދެކޮޅު ހެދުމަށް ފަހު އެވެ. ބަރުވި ލަގެޖަށް 30 ޑޮލަރު ދައްކަން ޖެހޭތީ، އެކަން މުވައްޒަފު އެންގުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ