ހަނިމާދޫ ކައުންސިލާއި އ.ތ.މ ކޮމެޓީގެ އިސްނެގުމާއިއެކު ހަނިމާދޫގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފިއެވެ.
ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްދިއަ މި ހަރަކާތުގައި ހަނިމާދޫ ސްކޫލް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ކަސްޓަމްސް، ފުލުހުން ، ހެލްތުސެންޓަރ، އެކުވެރިބޭންޑް، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޮމާނޑް، އެޔާޕޯޓް އަދި ބެއަރފޫޓް ހިމެނެއެވެ.
މިއަދު ހަވީރުގައި ގިނަކުދިން ޝައުގުވެރިކަން ދަމައިގަތް ހަރަކާތްތަކުގެ ތެރޭގައި އަމަޒާށް ބަޑި ޖެހުމާއި މަސްފެންގަނޑުން މަސްބޭނުމާއި އަދި ފަޔަރ ވެހިކަލު ބަލައިލުމާއި އެ ވެހިކަލުން އަމާޒަށް ފެންޖެހުން ހިމެނެއެވެ.
މި ހަވީރު ނިންމާލީ ދުވަހަށް ޚާއްސަކޮށް އަޅާފައިވާ ބޮޑު ކޭކެއް ފެޅުމުގެ ހަރަކާތަކަށްފަހުއެވެ.