104 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ޚަބަރު ފަހުގެ

މި އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ މި އަހަރު، ޑްރަގާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި ގާތްގަނޑަކަށް 19 ކިލޯގެ ޑްރަގު އަތުލައިގަނެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އޭގެ މަގުމަތީ އަގަށް ބަލާކަމުގައި ވަނީނަމަ 104،550،509 ރުފިޔާގެ ވެލިއު އެބަހުރި،” ނާފިޒް ވިދާޅުވި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިދިޔަ މަހު 812 މީހުން ބަލައި ފާސްކޮށްފައިވާއިރު އަހަރުގެ މިހާތަނަށް ބަލައި ފާސްކުރި މީހުންގެ އަދަދަކީ 3686 އެވެ. އަދި މިދިޔަ މަހުގައި ހައްޔަރުކުރި ހަތް މީހުންނާއެކު މި އަހަރުގެ މިހާތަނަށް ޑްރަގުގެ މައްސަލަތަކުގައި 260 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ނާޒިފު ވިދާޅުވި އެވެ. އޭޕްރީލް މަހު ޑްރަގާ އެކު ހަތް ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް 16 ބިދޭސީއަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މިދިޔަ މަހު ދެ ޑްރަގް ކާޓަލް އަތުލައިގެންފައިވާ ކަމަށާއި މިއަހަރުގެ މިހާތަނަށް 5 ޑްރަގް ކާޓަލް އަތުލައިގެންފައިވާ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 257 މައްސަލަ ތަހުގީގުކޮށް 95 މައްސަލައަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ