ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

ޚަބަރު ފަހުގެ

މާލޭގެ ރަސްމީ ފާލަން ނުވަތަ “ޢިއްޒުއްދީން ފާލަން” އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކުރުމާއި ގުޅިގެން ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި އެވެ.

އެމްޓީސީސީއިން މިއަދު ބުނީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރަށްވާ ޢިއްޒުއްދީން ފާލަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީ އެމްޓީސީސީކަން ފާހަގަކުރައްވައި މި ފާލަން ފަރުމާކުރެވުނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ކަމަށާއި މިއާއިއެކު އަލުން ތަރައްޤީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއަޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައި އެވެ.

އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މި މަޝްރޫޢަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ