ހަނިމާދޫ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި ހަނިމާދޫން ވަނީ ފެނުގެ ޚިދުމަތް މެދު ކެނޑިފައެވެ.
ފެނުގެ ޚިދުމަތް ހަނިމާދޫގައި ފޯރު ކޮށްދެނީ ފެނަކައިންނެވެ. ފެނަކައިން ބުނީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޚިދުމަތް މެދު ކެނޑުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަށާއި ރައްޔިތުންގެ ފަރާތުން މިފަދަ ދަނޑި ވަޅުތަކުގައި ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.
ދިމާވި މައްސަލަ ވީ އެންމެ އަވަހަކަށް ރަނގަޅު ކުރަން މަސައްކަތްކުރާ ކަމަށާއި މައްސަލަ ހައްލުވީހާ އަވަހަކަށް ފެނުގެ ޚިދުމަތް ދެވޭނެ ކަމަވެސް ފެނަކައިން މައުލޫމާތު ދެއްވައެވެ.