ހަތަރު މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ

ޚަބަރު ފަހުގެ

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ތިލަފުށިން ފުރައިގެން މ އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ޚަބަރުނުވެގެން ހޯދަމުންދަނީ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ދޯނި ހޯދުމުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ. އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކު ހިމެނޭހެން ޖުމްލަ 4 މީހުން ކަމަށް އެމްއެންޑީއެފުން މައުލުމާތު ދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން، ކަނޑާއި ވައިގެ މަގުން 4519 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފުން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ