އިރާނުގެ ރައީސް އަވަހާރަވެއްޖެ

ޚަބަރު ފަހުގެ

ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ. އާޒަރުބައިޖާންގައި އިއްޔެ އެ ގައުމާއި އިރާން ގުޅޭ ސަރަހައްދުގައި ހެދި ޑޭމްއެއް ދެ ގައުމުގެ ވެރިން އިފްތިތާހު ވެސް ކޮށްދެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރަށް މައްސަލަ ދިމާވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެ ސަރަހައްދުގައި ބޯފިނީގެ ސަބަބުން، ވެއްޓުނު ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ އާންމުކޮށްފަ އެވެ. ރެސްކިއު ޓީމުތަކުން ވަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދައިފަ އެވެ.

ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވި ކަމަށްވެ އެވެ.

މި ހާދިސާގައި އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އެއްވެސް ބޭފުޅަކު ސަލާމަތް ވެފައި ނުވާ ކަމަށް އިރާނުގެ ސަރުކާރުން ބުންޏެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ