ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފި

ޚަބަރު ފަހުގެ

އެސްޓީއޯއިން ބުނީ ތެޔޮ ވިއްކާ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެންކަމަށެވެ. މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 13.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 13.92 ރުފިޔާއަށެވެ.

އެސް.ޓީ.އޯ އިން އަގަށް ގެނައި މި ބަދަލާއެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަވެފައެވެ. ކުރިން ޑީސަލް ވިއްކާފައިވަނީ 14.62 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 14.33 ރުފިޔާއަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށްކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގައިވެސް ތެޔޮ ވިއްކާ އަގަށް ބަދަލު ގެންނަމުންދާނެ ކަމުގެ ޔަގީން ކަންވެސް އެސްޓީއޯއިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ