މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހ. ހަމަރޯޅިގޭގައި ކަމަށެވެ. އެ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ މާލޭގެ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން މިހާރު ވަނީ ނިއްވާލައިފަ އެވެ.

ހަމަރޯޅިގެއިން ދުން އަރާކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހަވީރު 4:36 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 5:14 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ