އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި ބާއްވާނެ

ޚަބަރު ފަހުގެ

މި އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަ ނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި އެފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ތިނަދޫ އާއި ތ. ދިޔަމިގިއްޔާއި ގދ. މަޑަވެއްޔާއި، ގދ. ގައްދު އާއި، ހއ. އިހަވަންދު އާއި ޅ. ނައިފަރާއި ކ. ހިންމަފުއްޓާއި ކ. ގުރައިދު އާއި ލ. މާވަށުގެ އިތުރުން ރ. މީދޫގަ އެވެ.

އިހްޔާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށް ދިނުމެވެ.

މިނިސްޓްރީން ބުނީ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ވެސް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ