އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން ދެންމެ ބުނީ، މިދިޔަ އަހަރުގެ ފެބްރެއަރީ މަހުގެ ތިން ވަނަ ދުވަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ރިޝްވާން މިރޭ އިސްތިއުފާ ހުށަހެޅުއްވުމާ އެކު، އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލު ކޮށްފައިވާ ކަަމަށެވެ.
އެނގިފައިވާ ގޮތުން ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ފަރާތެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހު އެވެ.


