ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އެނގިފައިވާގޮތުގައި އަސްބާހު އެ މަގާމުން ވަކިކުރަން ނިންމީ އެޗްޑީސީގެ ބޯޑުންނެވެ.
އަސްބާހް އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކޮށްފައި ވަނީ 2024 ވަނަ އަހަރު އޮގަސްޓު 3 ގައެވެ.
އަސްބާހު ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ޑީއެމްޑީގެ މަގާމު ވެސް އަދާކޮށްފައެވެ. އޭނާ އެޗްޑީސީއަށް ބަދަލުވީ އަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ފަހުންނެވެ.


