އެގްރޯނެޓްގެ އެމްޑީ ހުސެއިން ދީދީ މަގާމުން ވަކިކޮށްފި

ޚަބަރު ފަހުގެ

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ދީދީ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ، ބްލެކްސްމިތް / ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުސެއިން ދީދީ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.

މިއަދު ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކަށް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން ފެނަކައިގެ އެމްޑީއަކަށް ހުންނެވި މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މީގެއިތުރުން ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ