ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައިހުންނަވާ ސަލްމާ ރަޝީދާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކޮށްފިއެވެ.
މުންދު އާއި ސަލްމާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
މުންދު އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ.
މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފައިވާއިރު ފެނަކައިގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހް ވެސް ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ.


