ޓީސީ އަތްދަށުވެ ތަވާލުގެ 4 ވަނައަށް ދިއްދޫ ވެއްޓިއްޖެ!

ކުޅިވަރު ފަހުގެ

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ޓީސީ ދިއްދޫ ކުޅުނު މެޗުން ދިއްދޫގެ މައްޗަށް ޓީސީން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މިއާއެކު ކޮލިފައިންގައި ވާދަކުރާ ހަ ޓީމު ވެސް މިވަނީ ކޮންމެ ޓީމެއް ވެސް ދެ މެޗު ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއިއެކު ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ލިބެނީ ދެވަނައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބިސްބުރަށް ވެސް ހަމަ އެ އަދަދަށް ފޮއިންޓު ލިބިފައިވާއިރު ބިސްބުރަށް ކުރި ލިބެނީ ޖަހާފައިވާ ލަނޑުގެ ތަފާތުންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެސް މި ދެ ޓީމެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗުންވީ ބައްޔާއެކު، ކޮލިފައިންގައި ހަ ޕޮއިންޓު ހޯދަން ކުރި މަސައްކަތް ދިއްދޫއަށް ނާކާމިޔާބުވެ، ތާވަލުގެ ހަތަރުވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ގދ. ގައްދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ގައްދޫއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ކ. ހުރާ އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ