ހަނިމާދޫ ކައުންސިލް “އިންޓަރ އޮފީސް ހޭންޑްބޯލް ޓޯނަމެންޓް 2026” ގައި ބައިވެރިވުމަށް ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލްގެ އިސްނެގުމާއެކު 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “އިންޓަރ އޮފީސް ހޭންޑްބޯލް ޓޯނަމެންޓް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ހަނިމާދޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި އެކި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ މުއައްސަސާތަކުން (ޓީމްތަކުން) 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ނަންނޯޓް ކުރަންޖެހެއެވެ. ނަންނޯޓް ކުރުމުގެ ކަންކަން ކުރިއަށްދާނީ ކައުންސިލުން ކަނޑައަޅާފައިވާ “އިންޓަރ އޮފީސް ހޭންޑްބޯލް ޓޯނަމެންޓް 2026 – Fill in form” އޮންލައިން ލިންކް މެދުވެރިކޮށެވެ.

ހަނިމާދޫ ކައުންސިލުން އެދެނީ ވީހާވެސް ގިނަ މުއައްސަސާތަކުން މި ފުރުސަތުގެ ބޭނުން ހިފައި، މުބާރާތުގައި ބައިވެރިވުމެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހަނިމާދޫ ކައުންސިލް އިދާރާއިން ލިބޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ