ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ހަނިމާދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ މުއައްސަސާތަކުން (ޓީމްތަކުން) ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން ކައުންސިލުން ކަނޑައަޅާފައިވާ ޚާއްސަ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތުދެއެވެ.
ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ފޯރިގަދަ ފުޓްސަލް މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 އޮގަސްޓް 28 ގައެވެ.


