ބީއެމްއެލް ޑޮލަރު ޑެބިޓް ކާޑެއް ހައްދައި، ބޭނުންކުރުމުން 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތްކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަން ޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮމޯޝަން އަންނަ މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ