ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

ފަހުގެ ސިޔާސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މިބޭފުޅުންގެ އިތުރުން ނައިބު ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ފަރާތްތަކާއި ލިބުނު ވޯޓު

* ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު – 968
* މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް – 964
* ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ – 923 ވޯޓު
* އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު – 833
* ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު – 862 ވޯޓު
* ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް – 780 ވޯޓު
* ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު – 301 ވޯޓު
* ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު – 288 ވޯޓު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ