ކޮވިޑްޝީލްޑްގެ އިތުރު ވެކްސިން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިރޭ އެޗްއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބޭނޭ ތާރީހެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެކްސްޓްރަޒެނަކާގެ ވެކްސިން ލިބޭނޭ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޖޫން މަހުގެ ކުރިން އިތުރު ވެކްސިނެއް ރާއްޖެ ގެނެވޭނެ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.