އީރާނަށް ހަމަލާދިނުމުގެ ޕްލޭން އެޕްރޫވްކޮށްފި، މިހާރު އިންތިޒާރުކުރަނީ ޓްރަމްޕްގެ އިޝާރާތަކަށް: ރިޕޯޓް

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއާ ގުޅިގެން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމަށް އިސްރާއީލު ތައްޔާރުވެއްޖެ ކަމަށް، އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިސްރާއީލު މިހާރު އޮތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިޝާރާތަކަށް ކަމަށް، ވައިނެޓުން ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސް ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ ބުދަދުވަހު ވަނީ ކުއްލި ދަތުރެއްގައި އިސްރާއީލަށް ގޮސްފައެވެ. އޭނާގެ މިދަތުރަކީ، ހަނގުރާމައިގެ ތައްޔާރީތަކާގުޅޭ ގޮތުން އެންމެ ފަހުގެ މަޝްވަރާތައް ކުރުމާއި، ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ ބޭނުމުގައި ކުރި ދަތުރެއް ކަމަށް، އިސްރާއީލުގެ މީޑިއާއިން ބުނެފައި ވެއެވެ.

އެޑްމިރަލް ބްރެޑް ކޫޕަރގެ މިދަތުރުގައި އިސްތިއުމާރީ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމިރުގެ އިތުރުން، އިސްރާއީލުގެ މައި ޖާސޫސީ އިދާރާ، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަންއާވެސް ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައި ވެއެވެ.

މީގެއިތުރުން، އިސްތިއުމާރީ އަސްކަރިއްޔާގެ އެކި ވިންގުތަކުގެ ވެރިންނާވެސް، ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ބައްދަލުކޮށް ސައްލާތައް ބާއްވާފައި ވެއެވެ.

މި މަޝްވަރާތަކަށްފަހު އީރާނަށް ހަމަލާދިނުމުގެ ޕްލޭން އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި، އިސްރާއީލު އަސްކަރިއްޔާއިން މިހާރު އެޕްރޫވް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މޮސާޑްގެ ވެރިޔާ ގޮފްމަންއާއި، ނަތަންޔާހޫގެ މުޝީރު ރޮން ޑަރމަރ މިދިޔަ ހަފްތާގައި އެމެރިކާއަށް ކުރި ސިއްރު ދަތުރުގައި، އެމެރިކާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކޮށް އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް އަސްކަރީ ހަމަލާދޭން ވަރަށް ބޮޑަށް ޕްރެޝަރ ކޮށްފައިވާ ކަމަށް، އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ މީޑިއާއިންވެސް ބުނެފައި ވެއެވެ. އީރާނާ ގުޅޭގޮތުން ހޯދިފައިވާ ކަމަށް ބުނާ “ނުރައްކާތެރި ޖާސޫސީ” އެތައް މައުލޫމާތުތަކެއްވެސް ހިއްސާ ކޮށްފައި ވެއެވެ.

މުޖުރިމު ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި އީރާނަށް އަސްކަރީ ހަމަލާ ދިނުމުގެ ފުރުސަތު ދަނީ ހަނިވަމުންނެވެ.

އީރާނަށް އަސްކަރީ ހަމަލާދިނުން އަވަސްކުރުމަށްޓަކައި ނަތަންޔާހޫ އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ގެންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، އޭނާގެ ސަރުކާރުގެ ވެރިންނަށާއި އަދި އެމެރިކާ ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި އެކިއެކި ވާހަކަތައްވެސް ގެންދަނީ ފަތުރަމުންނެވެ.

އީރާނުން އެމެރިކާގެ ރައީސް ޓްރަމްޕާއި، ސަރުކާރުގެ ވެރިންތަކެއް އަވަހާރަކޮށްލަން ރަވާފައިވާ ކަމަށާއި، އެކަން ކުރަން ރާވާފައިވަނީ އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަން ޑީސީއަށް ކެމިކަލް ބޮމުގެ ހަމަލާއެއް ދީގެން ކަމަށް ބުނެ، އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، މިއީ ސީދާ މުޖުރިމު ނަތަންޔާހޫ އަޑީގައި ހުރެގެން ކުރުވަމުންގެންދާ ކަމެއް ކަމަށެވެ. ވޮޝިންޓަންގައި ބޮން ގޮއްވަން އީރާނުން ނޫޅޭ ކަމަށާއި، އެއީ އެމެރިކާގެ ގިނަމީހުންވެސް މިހާރު ގަބޫލުކުރާނޭ ވާހަކަތަކެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ ވާހަކަތައް ބޭއްވި، ދެފަރާތުން އެއްބަސްވުމަކަށް ގޮސްދާނޭހެން ހީވުމާއެކު ނަތަންޔާހޫވަނީ އޭނާގެ ހީލަތްތެރި މަސައްކަތްތައް އިތުރުކޮށް އެކަން ހުއްޓުވާފައެވެ. ނަތަންޔާހޫ ޕްރެޝަރކޮށްގެން ޓްރަމްޕް މިހާރުވަނީ އީރާނާ މުއާމަލާތް ކުރުން ހުއްޓާލާފައެވެ.

އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމުގެ އެއްވެސް ބޭނުމެއް މިހާރު އޮތްކަމަށް ނުދެކޭ ކަމަށް ކުރިން ބުނުމަށްފަހު، އެމެރިކާގެ ރައީސް އިހަށްދުވަހު ފިލިޕީންސްގައި ހުރެ ބުނީ، އެއީ އެމެރިކާއިން ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ