” އިސްލާމަކަށް ކާފަރު” ކިޔުން މަނާ ބިލަކީ ދީނީ ނަސޭހަތް ދިނުމަށް އޮތް ހުރަހެއް: ސަލަފް

ޚަބަރު ފަހުގެ

“އިސްލާމަކަށް ކާފަރު” ކިޔުން މަނާކުރާ ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤަށް ހުރަސް އެޅޭކަމުގައި އިލްމުވެރިންގެ ޖަމިއްޔާއެއް ކަމުގައިވާ ސަލަފް ޖަމިއްޔާއިން ބުނެފިއެވެ.

ސަލް އިންނެރުނު ނޫސް ބަޔާނެއްގައި ބުނީ، 26 މެއި 2021 ގައި ރައްޔިތުން މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ “ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް” ފަރުމާކޮށްފައިވާ ޤާނޫނާމެދު، ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ ޢިލްމުވެރީންނާއެކު ރޭ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި ސަރުކާރުން ހުށައަޅުއްވާފައިވާ ބިލުގެ ނުރައްކާތެރިކަމާއި، ދީނީ ނަޞޭޙަތްދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، ކަންބޮޑުވުންތައް ވަނީ ޙިއްސާކުރެވިފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“މި ބިލް ހުށައެޅުމުގައި “އިސްލާމަކަށް ކާފަރު” ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރުކުރެވިގެން ގޮސްފައިވުމުގައި ޢާއްމު ރައްޔިތުންނަށް ބިލުގެ އަޞްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭފަދައިން އޮތުންވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޢިލްމުވެރީން ވަނީ ފާހަގަކުރައްވާފައި” ސަލަފް ޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެންމެ ފުޅާ ދާއިރާއެއްގައި އެބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އާއްމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމާއި، އަދި އެބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖްލީހުގެ މެމްބަރުންނަށް އިލްތިމާސްކުރުމަށް ނިއްމާފައިވާކަމަށް ސަލަފް ޖަމިއްޔާއިން ބުނެފައިވެއެވެ.

ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި އެކު އެތައް ބަޔަކު އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި މި އިސްލާހާއި އެކު ދީނާ ދެކޮޅު ހަރަކާތްތައް ހިންގާ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނެކަމަށެވެ.

ޤާނޫނުލްއުޤޫބާތަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ބޮޑެތި އަދަބު ލިބެ ކުށްތަކެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ