ހަނިމާދޫ ސްކޫލަށް އައު ޕްރިންސިޕަލެއް އަންޔަނު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލަށް އައު ޕްރިންސިޕަލެއް އަންޔަނު ކޮށްފިއެވެ.

ހަނިމާދޫ ސްކޫލަށް އަންޔަނުކުރި ޕްރިންސިޕަލަކީ ގދ. ތިނަދޫއަށް އުފަން އަބްދުﷲ ނާހިދުއެވެ. އޭނާ އެންމެފަހުން ޕްރިންސިޕަލް ކަމުގެ މަގާމު ފުރުއްވީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެތަނުގައި ތިން އަހަރާއި ހަ މަސްދުވަސް ހޭދަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރިންސިޕަލެއްގެ ގޮތުގައި 20 އަހަރު ހޭދަ ކޮށްފައިވާ ނާހިދު މީގެ ކުރިން ވަނީ . ތ. އޭއީސީއާއި ތ. އަތޮޅު މަދަރުސާއާއި އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތ. ވިލުފުށީ ސްކޫލާއި ށ. އޭއިސީގައި ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އޭނާ ދައުލީމީ ދާއިރާގައި ހިދުމަތް ކުރާތާ މިހާރު ވަނީ 30 އަހަރު ދުވަސްް ވެފައެވެ.

އޮންލައިން ނޫހެއްކަމަށްވާ ” ދަރިވަރު” ނޫހަށް މައުލޫމާތު ދެއްވަމުން ނާހިދު ވިދާޅުވީ، ހަނިމާދޫ ސްކޫލުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވި، ނަތީޖާ ނެރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ