ތައިލެންޑްގެ ރާޖްނަކުލް އިންސްޓިޓިއުޓްއިން ދިވެހިން ހިލޭ ތަމްރީންކުރުމުގެ ފުރުޞަތު

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، އެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުޞަތު ފަހިވެއްޖެއެވެ.

މިގޮތުން، އަންނަ ޖަނަވަރީ މަހު ފަށާ “މެންޓަލް ހެލްތް ކެއަރ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް” ޓްރެއިނިންގް ކޯހުގައި 3 ދިވެހިން ބައިވެރިކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ޚިދްމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ. އަދި، މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީއިން އެރުވި ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ