ޑޮލަރުގެ އަގު 15 ރުފިޔާއަށްވުރެ ކުޑަ ކުރައްވާނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފި

ފަހުގެ ސިޔާސީ

ޑޮލަރުގެ އަގު 15 ރުފިޔާއަށްވުރެ ކުޑަ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަައުދުވެ ވަޑައިގެންފިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެމިގޮތުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 30 ޕަސަންޓު ރާއްޖޭގަ ހިފަހައްޓާ ޑޮލަރުގެ އަގު 15 ރުފިޔާއަށް ތިރިކޮށްދެއްްވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރަށް ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ބޭނުން މިންވަރަކަށް ޑޮލަރު ލިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މި ދައުރުގަފެއްޓެވިކަމަށެވެ. އަދި ރާއްޖޭގެ އެތެެރޭގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއަށް ބަދަލުކުރެވިއްޖެނަމަ، ރައްޔިތުންނަށް ޑޮލަރު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލައަށް ދިމާވެފަވާ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ގޮތް މެނިފެސްޓޯގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ