އާރުަޓީއެލް ބަހުގެ ހިދުމަތް ކުޅުދުއްފުށީގައި ފަށައިފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޓުރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

ކުޅުދުއްފުށީގައި ސިޓީގައި ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީ އިން ބުނީ ކުޅުދުއްފުށީގައި މިހާރު ކުރިއަށްދަނީ ބަހުގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ދަތުރުތަކަކަށްވާތީ މިދުވަސްކޮޅު އެ ދަތުރުތައް ހިލޭކުރެވޭނެ ކަމަށެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ކުޅުދުއްފުށީގެ ރައްޔިތުން ބަހުގެ ހިދުމަތަށް އަހުލުވެރި ކުރުވާއި ބަސްތައް ދަތުރުކުރާ ރޫޓުތަކަށް މީހުން އަހުލުވެރިކުރުވުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ބަސްދަތުރުތަކަށް އާރްޓިއެލް އެޕް މެދުވެރިކޮށް ޓިކެޓް ނަގައިގެން ދަތުރުކުރެވެއެވެ. އަދި އާރްޓީއެލް މެދުވެރިކޮށް ބަސް ދަތުރުކުރާ ރޫޓްވެސް ބަލައިލެވެއެވެ.

އާރްޓީއެލްގެ ހިދުމަތް މިހާރު ދެނީ މާލެ ސަރަަހައްދާއި ހއ. ދިއްދޫ އާއި ލ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ