ހަނިމާދޫގައި ވޯޓުލުން ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހދ. ހަނިމާދޫގައި ފަށައިފިއެވެ.

އެގޮތުން ހަނިމާދޫ އެއް ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން ފެށިފައިވަނީ 8.00 ގައެވެ. މި ފޮށި ބަހައްޓާފައި ހުރީ ހަނިމާދޫ ސްކޫލުގައެވެ. 769 މީހުންނަށް މިފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ އެއް ނަންބަރު ވޯޓު ފޮށީ، ފޮޓޯ:ޢަބްދުﷲ ނާޞިރު/ގޮށްކޮޅު

ހަނިމާދޫ ދެ ނަންބަރު ވޯޓު ފޮށީގެވެސް ވޯޓުލުން ފެށިފައިވަނީ 8.00 ގައެވެ. މި ފޮށި ބަހައްޓާފައި ހުރީ ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައެވެ. 527 މީހުންނަށްމި ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި ބުރުގައި ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމްޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ