ހަނިމާދޫ ދޮށީ އުމުރުގެ މީހާއަށް އަނިކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ދޮށީ އުމުރުގެ މީހާއަށް އަނިކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ 11:45 ހާއިރު ހދ. ހަނިމާދޫގެ ގެއަކަށް މީހަކު ވަދެ އެ ގޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު މައްސަލަގައި ވަނީ 25 އަހަރު ޒުވާނަކު ހައްޔަރުކޮށްފައެވެ. އެޒުވާނައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެކެވެ. އަދި ކުށުގެ ރިކޯޑު އޮންނަ ޒުވާނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ އެޒުވާނާގެ ބަންދަށް 7 ދުވަސް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރުމުން ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އާދަމް ޔޫސުފު ބޯ ފަޅާލާ، މޫނުމަތީގައި އެކި ތަންތަނުގައި ތަޅާފައިވާފައިވާއިރު އެނާ އަޑުގަދަ ކުރާތީ އަނގަޔަށް ވެސް ޒަހަމްތަކެއް ދީފަވެއެވެ.

އެރޭ އޭނާއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިއްޔެ ވަނީ ކުޅުދުއްފުށީ ރީޖްނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާއާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވާނީ އާދަމް ޔޫސުފުގެ ބޮލާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޒަހަމްތައް ހުރި ކަމަށާއި އެހެންނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ