ހަނިމާދޫގައި ޗައިނީސް ބަހުގެ ކޯސްތަކެއް ފަށަނީ

ހަނިމާދޫ ފަހުގެ

ސީއެމްސީއޭ ކަލްޗަރަލް އެންޑް ޓްރޭނިން ސެންޓަރުން ޔަންގްޒޯ ޕޮލިޓެކްނިކް ކޮލެޖާ ގުޅިގެން ހުރިހާ އުމުރުފުރާއަކަށް ޗައިނީސް ބަހުގެ ކޯސްތަކެއް ހަނިމާދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތައް ވަނީ ތިން ކުލާހަކަށް ބަހާލާފައެވެ. އެއީ ޗައިނީސް ލޭންގުއޭޖް ފޯ ބިގިނާސް ޔޫތު ކްލާސެސް ގެ ދެ ކުލާހާއި އެޑަލްޓް ކްލާސްސެސްގެ އެއް ކުލާހެވެ. ޔޫތު ކުލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 12 އަހަރާއި 16 އަހަރުގެ ކުދިންނަށެވެ. އަދި އެޑަލްޓް ކުލާސްތަކުގައި ހުރިހާ އުމުރެއްގެ ބޮޑެތި މީހުންނަށް ބައިވެރިވެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޯހުގެ ޔޫތު ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4ން 6އަށެވެ. އެގޮތުން ޔޫތު ކުލާސް 1 އޮންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުއެވެ. އަދި ޔޫތު ކުލާސް 2 އޮންނާނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ދެ ކުލާހުގައިވެސް 15 ބައިވެރިންނަށް ފުރުސަތު އެބައޮތެވެ.

މި ކޯހުގެ އެޑަލްޓް ކުލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8ން 10އަށެވެ. އެގޮތުން މި ބަޔަށް ކުލާސް އޮންނާނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ކުލާހުގައިވެސް 15 ބައިވެރިންނަށް ފުރުސަތު އެބައޮތެވެ.

އެހެންކަމުން ޗައިނީސް ބަސް ދަސްކުރުމުގެ ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ފޯމު ފުރައިގެން ރެޖިސްޓަރވެވޭނެއެވެ. ރެޖިސްޓަރވެވޭ އެންމެ ފަހު ތާރީހަކީ 30 އޮކްޓޫބަރު 2023އެވެ.

https://docs.google.com/forms/d/e/1FAIpQLSeTm8QZm05Inv0bquJMOMDVPEhrCm9sAkQCqXrsVEA4VpxrIA/viewform

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ