އެއާޕޯޓްތަކުގައި ޕްރެޝާ ފެޑް ބޭނުންކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

ޚަބަރު ފަހުގެ

އެއާޕޯޓްތަކުގައި ޕްރެޝާފެޑް ސިސްޓަމް ބޭނުންކުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ރީޖަނަލް އެއާޕޯޓުގެ އޮފިޝަލަކު މިޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގައި ހިނގި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން އެކުންފުނިން ތަހުގީގުކުރަމުން އަންނާތީ ޕްރެޝާފެޑް ސިސްޓަމްތައް ވަގުތީގޮތުން ބޭނުންކުރުން މެދުކަނޑާލާފައިވާ ކަމަށެވެ. އެ ސިސްޓަމް ތަކަކީ ހުރިހާ އެއާޕޯޓެއްގައިވެސް ބޭނުންކުރާ ސިސްޓަމްތަކެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ފްރެޝާ ފެޑް ސިސްޓަމަކީ ފަޔާ ޑްރިލް ނުވަތަ ޓްރެއިނިންތަކުގައި، އަލިފާންނިވާ މީހުން ބޭނުންކުރާ އެއްޗެކެވެ. މި ޕްރެޝާ ފެޑް ސިސްޓަމް ބޭނުންކުރަނީ ފަޔަމަނުން ކޮންމެ ތިން މަހަކުން ހަދަން ޖެހޭ ހޮޓް ފަޔާ ކިޔާ ޑްރިލް އަކަށެވެ. އެ ޑްރިލްގައި ފަޔަމަނުން ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯ ކުރާ ހުޅުގަނޑު ނިއްވާލާށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުފުއްފުށި އެއާޕޯޓުގައި ނުރައްކާތެރި ހާދިސާއެއް ހިންގީ މި ޕްރެޝާ ފެޑް ސިސްޓަމަށް ބޭނުންވާ ގޭސް އަޅަނިކޮށް، އެ ގޮވައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ