ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 33 އަހަރު ފުރުން: މަސްރޭހުގެ އެއްވަނަ އޮޕަރޭޝަން ޓީމަށް

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 33 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިއަ މަސްރޭހުގެ ފަހުރުވެރި އެއްވަނަ އޮޕަރޭޝަން ޑިޕާޓްމެންޓުގެ ޓީމް ހޯދައިފިއެވެ.

މި މަސްރޭސް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުއެވެ. އެޓީމް މަސްރޭހުގެ އެއްވަނަ ހޯދީ 55.82 ކިލޯގެ މަސް ބައިގެންނެވެ. ދެވަނައަށް އެންމެ ގިނަމަސް ބޭނީ ސްޓޭކްހޯލްޑަރުން-2 އެވެ. އެ ޓީމުން 53.86 ކިލޯ މަސް ބާނާފައިވެއެވެ. 53.34 ކިލޯ މަސް ބައިގެން ތިންވަނައަށް ދިޔައީ ސްޓޭކްހޯލްޑަރުން-1 ވަނަ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސްރޭހުގެ 4 ވަނަ 37.60 ކިލޯ މަސްބާނައިގެން ފަޔަރު ޓީމް ހޯދިއިރު، 35.74 މަސްބައިގެން ފަސްވަނަ ހޯދީ މެއިންޓަނަންސް ޓީމެވެ. އަދި ސެކިއުރިޓީ/އެޑުމިން ޓީމަށް ހަވަނަ ލިބުނުއިރު އެޓީމަށް ބޭނުނީ 32 ކިލޯ މަހެވެ.

މި މަސްރޭހުގެ އެންމެ ބޮޑު މަހެއްބާނައިގެން މާ ކެއޮޅުގެ ޝަރަފް ހޯދީ ސްޓޭކްހޯލްޑަރުން-2 ޓީމުގެ މުހައްމަދު ހުސައިނެވެ. އޭނާ ބޭނި މަހުގައި 14.40 ކިލޯ ހުއްޓެވެ.

މާކެއޮޅަށް ވަނީ ސްޓާޓިން ޕޮއިޓް ފިހާރައިން ހަދިޔާ ކޮށްފައިވާ މަސްވެރިކަމުގެ އަގުހުރި އިނާމެއް ދީ ފައެވެ. މި އިނާމާއި ވަނަ ވަނައަށް ދިޔަޓީމުތަކަށް އިނާމުތައް ހަވާލު ކޮށްދެއްވީ ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ޕޮރޮކިއުމަންޓް ޑިޕާޓްމެންޓުގެ ޖެނަރަލް މެނޭޖަރ އަބްދުالله މިޒާން އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 33 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވާދެމުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއައެވެ. މި މުބާރާތުގެ ފައިނަލް މާދަމާ ހަވީރު އޮންނާނެއެވެ. ފައިނަލްގައި ބައްދަލު ކުރާނީ އޮޕަރޭޝަން އަދި ސްޓޭކްހޯލްޑަރުންގެ ޓީމެވެ.

28 އޮކްޓޫބަރ 1990 ވަނަ އަހަރު ހުޅުވިގެންދިޔަ ހަނިމާދޫ އެއަރޕޯޓަކީ ދެވަނައަށް ހުޅުވުނު އެތެރޭ އުދުހުމުގެ ބަނދަރެވެ. މި އެއަރޕޯޓް 2013 ވަނަ އަހަރު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލު ކުރެވުނެވެ. އެއަށް ފަހު ގައުމުން ބޭރަށް ދަތުރުތައް ޝެޑިއުލްކޮށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރު ފެށިއެވެ. މި އެއަރޕޯޓްގައޮ އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ނަމަވެސް 18 ޖެނުވަރީ 2023 ގައި ވަނީ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. މި މަސަކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ